ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނާއިބް ރައީސްކަމަށް މުހައްމަދު ޒާހިދުއައްޔަންކުރެއްވުމަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެމިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
އޭނާގެ ނަން ފޮނުވާފައިވަނީ މިއަދު ބޭއްވިމަޖިލީހުގެ ޖަލްސާގައެވެ..
ޒާހިދު އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި އެދުވަހު ރައީސް ޢަބްދުﷲޔާމީން ވަނީ މަޤާމުގެ ލިޔުންވެސް ޙަވާލުކުރައްވާފައެވެ. އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަންކުރަން މަޖިލީހުން ރުހުންދީފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުގައި ހުންނެވި ޒާހިދަކީ އެޗްއާރްސީއެމްގެ މެމްބަރުކަމާއި އެކޮމިޝަންގެ ނާއިބްރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.