އެޗްއާރްސީއެމްގެ މެމްބަރުކަމުގެ މަޤާމަށް ޒާހިދު އައްޔަންކުރައްވައިފި

ކިޔުމަށް ހޭދަވާނީ 49ސ
އެޗްއާރްސީއެމްގެ މެމްބަރުކަމުގެ މަޤާމަށް ޒާހިދު އައްޔަންކުރައްވައިފި
ހިއުމަން ރައިޓްސްކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރު ކަމަށް މާލޭދަފްތަރު 1548 މުހައްމަދު ޒާހިދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެމެމްބަރު ކަމަށް އައްޔަންކުރުމުގެ ކުރިން ޒާހިދު ވަނީ މަގާމުގެ ހުވާސުޕްރީމް ކޯޓުގެ ފަނޑިޔާރުޢަބްދުﷲ އަރީފުގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.

ހުވާކުރެއްވުމާއެކު ރައީސް ޔާމީން ވަނީ މަޤާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ޒާހިދުއާ ހަވާލުކުރައްވާފައިވާ އިރު، ޒާހިދަކީ އެޗްއާރްސީއެމްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މިހާތަނަށް ޖެންޑަރ މިނިސްޓަރުގެ ނައިބުގެ މަޤާމުގައި ހުންނެވި ޒާހިދަށް ރުހުންދެއްވީ މިދިޔައަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 57 މެމްބަރުން ވޯޓާއެކުގައެވެ. އަދި ދެކޮޅަށް 5 މެމްބަރަކު ވޯޓުދެއްވިއިރު، ވަކިކޮޅަށް ވޯޓު ނުދެއްވައި 5 މެމްބަރަކު ތިއްބެވިއެވެ.
މިއަދު އޮންލައިން