ޤައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޜަން ޗެމްޕިއަންކަން ޖުވެއިނަލް ހޯދައިފި
ޤައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޜަން ޗެމްޕިއަންކަން ޅ. ނައިފަރު ޖުވެއިނަލް ހޯދައިފިއެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މާޒިޔާ ސްޕޯޓްސްއެންޑް ރެކްރިއޭޝަން ކްލަބާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ސެޓުތައް ޖުވެއިނަލުން ގެންގޮސްފައިވަނީ 24-26، 22-25 އަދި 20-25ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ޖުވެނައިލްގެ އައިމިނަތު އަރީޝާ އެވެ.