ބީއެމްއެލް ވައު ކިޑްސް މިއަދު ހެނދުނު ބާއްވައިފި

ކިޔުމަށް ހޭދަވާނީ 42ސ
ބީއެމްއެލް ވައު ކިޑްސް މިއަދު ހެނދުނު ބާއްވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްސް 2017" މިއަދު ހެނދުނު ބާއްވައިފިއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހާވެސް ގުޅުވައިގެން ބޭއްވި މި ދުވުމުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން އެކުދިންގެ ބެލެނިވެރިންނާއެކު ވަނީ ބައިވެރިވެފައެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ބީއެމްއެލް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްތައް ހުންނަ ސަރަހައްދުން ފެށި މި ދުވުން ނުވަތަ ރޭސް ނިންމާލީ މާލޭގެ ހުޅަނގު ފަރާތު ރަސްފަންނަށެވެ.

މިދުވުމާއިބެހޭގޮތުން ޓީއެފްޖީން ބުނީ ދުވުން ވަރަށް ކާމިޔާބު ކަމަށާއި ދުވުމުގައި ބައިވެރިވި ހުރިހާ ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުން:
ބީއެމްއެލް ވައު ކިޑްސް ރަން 2017 ބާއްވަނީ
މިއަދު އޮންލައިން