ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން އެމްއާރްޑީސީ އިން ހޯދައި، ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.
މާފަންނު ވިލިފުލުސް ކުރިމަތީ އޮންނަ ވެލިދނަޑުގައި ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ އެމްޕީއެލް އާއިވާދަކޮށް ފަހަތުން އަރާ މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހާ ކުރި ހޯދީ އެމްޕީއެލް އިންނެވެ. އަދި އެމްޕީއެލްއިން ވަނީ އިތުރު ދެ ގޯލް ޖަހައި އުންމީދު އައުކޮށްފައެވެ. މިގޯލުތައް ޖަހައިދިނީ ހުޒެއިފަތު އާއި ޢަލީ ޝިފާއު (ރޮނާ) އެވެ.
އެއަށްފަހު އެމްއާރްޑީސީ އިން ވަނީ ކުޅުން ރަނގަޅުކޮށް އެމްޕީއެލް ގޯލަށް ނުރައްކާކޮށް، އެމްއާރްޑިސީގެ ޙަސަން އަދުހަމް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް އަދުހަމް ލަނޑެއް ޖެހިތާ މާގިނަ އިރުތަކެއް ނުވެ އެމްޕީއެލްގެ ރޮނާ ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.
މިގޮތުގައި އެލްޕީއެލްއަށް މާގިނަ އިރު، ހިފަހައްޓާލެވޭގޮތެއް ނުވިއެވެ. އެމްއާރްޑީސީގެ އަކްރަމް ޢަބްދުލްޣަނީ އާއި އިސްމާއިލް އީސަ (މެސީ) އަދި މުހައްމަދު ލިޔާހް ޖަހައިދިން ލަނޑުތަކުން ނަތީޖާ ހަމަކުރިއެވެ.
އެމްއާރްޑީސީން ޗެމްޕިއަންކަން ހޯދީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ކުރި ހޯދައިގެންނެވެ.