ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗު މިރޭ..

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗު މިރޭ..
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.

މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ 12 އަހަރުވެފައިވާ މި މުބާރާތުގެ ފައިނަލުގައި މިރޭ ބައްދަލު ކުރާނީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް(އެމްޕީއެލް) އާއި މޯލްޑިވްސްރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އެވެ.

މި ދެޓީމު ފައިނަލަށް އައިސްފައިވަނީ އެއްވެސްމެޗަކުން ބަލިނުވެއެވެ.

އެހެންކަމުން މިރޭގެ މެޗަކީ ފޯރިގަދަވާނެ މެޗަކަށްވާނެއެވެ. އެމްއާރްޑީސީޓީމުން މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އެޓީމުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ފޯވާރޑް އަދި ވިކްޓަރީ ސްޕޯޓްސްކްލަބްގެ ކެޕްޓަން އިސްމާއީލް އީސާ(މެސީ) ހިމެނޭ އިރު، މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިފައިވާ ދެ ކުޅުންތެރިންވެސް ހިމެނެނީ އެޓީމުގައެވެ. އެގޮތުން މުޙައްމަދު ލިޔާހު 15 ގޯލު ޖަހާފައިވާ އިރު، އިސްމާޢިލް ޢީސާ (މެސީ) ވަނީ 11 ގޯލު ޖަހާފައެވެ.

ފައިނަލުގައި ވާދަކުރާ އެމްޕީއެލްވެސް މި މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައިނުވާތީ، އިދިކޮޅު ޓީމަށްދޫނުދީ ބަލިނުވެ، ތަށި ހިއްލާލުމަށް މަސައްކަތް ކުރާނެއެވެ. ނަތީޖާ އިނގޭނީ މެޗު ނިމުމުންނެވެ. އިންތިޒާރު ކޮށްލަމާތޯއެވެ.

ވިލިފުލުސް ކުރިމަތީ އޮންނަ ވެލި ދަނޑުގައި ކުޅޭ ފައިނަލު މެޗު ފަށާނީ މިރޭ 21:15 ގައެވެ.

ގުޅުން ހުރި ލިޔުން:
ކުލަބް މޯލްޑިވްސް ކަޕްގެ ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު ކުޅޭ ގަޑިއަށް ބަދަލު ގެނެސްފި

މިއަދު އޮންލައިން