އިނގިރޭސި ވިލާތުގެ ލަންޑަނުގައި މިވަގުތު ދިރިއުޅުއްވާ ޢަލީ ވަހީދު ހަވާލުވެފައިވަނީ ނޮން-ލީގް ފުޓްބޯޅަ ކްލަބެއް ކަމަށްވާސައުންލަންޑަން ފުޓްބޯލް ނެޓްވާރކް އެފްސީ (އެސް.އެލް.އެފް.އެން) ގެކޯޗުގެ މަޤާމާއެވެ.
ޢަލީ ވަހީދު އެޓީމުގެ ކޯޗުގެ މަޤާމާއި ހަވާލުވިކަން އެޓީމުންވަނީ ސޯޝަލްމީޑިއާގައިވެސް ހާމަކޮށްފައެވެ. އެގޮތުން އެޓީމުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެޓީމުގެ އާ ކޯޗު ޢަލީ ވަހީދަށް މަރުޙަބާ ކިޔާ ކަމަށެވެ.
އެސް.އެލް.އެފް.އެން އަކީ ކޮންޓްރެކްޓެއް ނަހަދާ ބޭނުންބަޔަކު އައިސް ޓީމާއި ގުޅި ބޭނުން ދުވަސްތަކެއްގައި ކުޅުމުގެ މިނިވަކަމާއިއެކު ފުރުޞަތު ހުޅުވާލާފައިވާ ކްލަބެކެވެ.
އިނގިރޭސިއެފްއޭގެ ކޯޗިންގ ލައިސަންސް ހަދާފައިވާ ޢަލީ ވަހީދަކީ ނިއުރޭޑިއަންޓް މިހާތަނަށް ދުށް އެންމެ ކާމިޔާބު ޗެއަރމަން އެވެ. 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ނިއުގެ ޗެއަރމަންގެ މަޤާމް އޭނާ ފުރުއްވި އިރު، އެއީ ނިއުގެތާރީޚުގައި އެންމެ ކާމިޔާބު އެއްދައުރުކަމަށްވާނެއެވެ.
އެގޮތުން 2013 ވަނަ އަހަރުސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީކަޕުގެ ކުއާޓަރ ފައިނަލުން ނިއު ވަނީ ޖާގަ ހޯދާފައެވެ.
We would like to welcome ALI WAHEED ( Coach Ali ) to SLFN. He will be coaching with us from tomorrow. Ali comes... https://t.co/3VY91EP26h
— FC SLFN (@FCSLFN) May 6, 2017