ނިއުގެ ކޯޗުގެ ތަޢުރީފް އީގަލްސްއަށް...
އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް ދައްކަމުން އަންނަ ކުޅުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު ބެނާޑޯ ޓަވަރޭސް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފިއެވެ.
ނިއު އާއި އީގަލްސްގެ ކުރިމަތިލުމެއް މިރޭ އޮތް އިރު، މެޗުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ޓަވަރޭސް ބުނީ އީގަލްސްއަކީ ވަރަށް ވަރުގަދަ، ރީތި ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި އީގަލްސް އެންމެފަހުން ކުޅުނު ދެމެޗުން ބަލިވެފައިވުމަކީ ނިއު އިން ވަރަށް ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.
އީގަލްސްގައި މޮޅު، ހުނަރުވެރި، ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭފަދަ ކުޅުންތެރިން ކަމަށްވެސް ޓަވަރޭސް ބުންޏެވެ.
އޭނާ އިތުރަށް ބުނީ މިރޭގެ މެޗުގައި އެންމެ ބޮޑަށް ވިސްނާނީ ލިބެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ކަމަށާއި ކުރިން ކުޅުނު މެޗުތަކުގައި ބޭކާރުވިކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށެވެ.
ނިއު އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގައެވެ.