އަމާޒަށް ވާސިލުވާން ކުޅޭ ކޮންމެ މެޗަކުންވެސް މޮޅުވުން މުހިންމު: ސުޒޭން

ކިޔުމަށް ހޭދަވާނީ 57ސ
އަމާޒަށް ވާސިލުވާން ކުޅޭ ކޮންމެ މެޗަކުންވެސް މޮޅުވުން މުހިންމު: ސުޒޭން
ވިކްޓަރީ ސްޕޯޓްސް ކުލަބުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުޅޭ ކޮންމެ މެޗަކުންވެސް މޮޅުވެ، 3 ޕޮއިންޓު ހޯދުން ވަރަށް މުހިންމު ކަމަށް އެޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ތަޖުރިބާކާރު ކޯޗު ސުޒޭން ބުނީ ބޮލުގައި އެޅިފައިވާ ޒިންމާ އެންމެ ރަނގަޅަށް އަދާކުރުމަށް މިއަދުގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗް އަދި ސުޒޭންގެ ކޮއްކޮ މުހައްމަދު ނަޒީހު ބުނީ މިއަދުގެ މެޗު ވިކްޓަރީއަށް މުހިއްމުވާވަރަށް ވުރެ ބޮޑަށް ޔުނައިޓެޑް ވިކްޓަރީއަށް މުހިންމު ކަމަށެވެ. އަދި ބޭނުންވަނީ މޯލަކުން ނިންމާލަން ކަމަށެވެ. އަދި އެއީ ކޮންމެހެން ބޭބެ އާދެކޮޅަށް ނުކުންނަންޖެހޭތީ ނޫން ކަމަށާއި ފުޓްބޯޅައަކީ ނަތީޖާ ނެރެންޖެހޭ އެއްޗަކަށްވާތީ ކަމަށެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މި ދެޓީމް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:00 ގައެވެ.

ލީގުގެ 6 ވަނައިގާ ވިކްޓަރީ މިވަގުތު އޮތީ 6 މެޗުން ލިބުނު 5 ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑް ވިކްޓަރީ 7 ވަނައިގާ އޮތީ 6 މެޗުން 3 ޕޮއިންޓު ހޯދައިގެންނެވެ.

މިއަދު އޮންލައިން