މޯހަން ބަގާން ބަލިކޮށް ގްރޫޕް އީގެ އެއްވަނައަށް މާޒިޔާ އަރައިފި

ކިޔުމަށް ހޭދަވާނީ 47ސ
މޯހަން ބަގާން ބަލިކޮށް ގްރޫޕް އީގެ އެއްވަނައަށް މާޒިޔާ އަރައިފި
އޭއެފްސީ ކަޕުގައި މޯހަން ބަގާން ބަލިކޮށް ގްރޫޕް އީގެ އެއްވަނައަށް މާޒިޔާ އަރައިފިއެވެ.

މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-2 ލަނޑުންނެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ޖަހައިދިނީ ޔަޝްފާދު ހަބީބު (މުލަކޭ) އާއި މުހައްމަދު އުމެއިރު، ސާރބިއާ ފޯވާރޑް އަލެކްސަންޑަރ ރަކިޗް، އަސަދުﷲ ޢަބްދުﷲ އާއި ރަކިޗް އެވެ.

މޯހަން ބަގާން އިން ލަނޑުތައް ޖަހައިދިނީ ކިންޝްލިކް ޖޭޖޭ ލަލްޕެކް އެވެ.

މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ މާޒިޔާއަށް ލިބުނީ ކުޅުނު 4 މެޗުން ލިބުނު 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އިންޑިއާގެ ބެންގަލޫރު އެފްސީއަށްވެސް 9 ޕޮއިންޓު ލިބިފައިވީ ނަމަވެސް މާޒިޔާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މޯހަން ބަގާން ތިންވަނައިގައި އޮތީ 4 މެޗުން ލިބުނު 3 ޕޮއިންޓާއެކުއެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށްވެސް ވަނީ 3 ޕޮއިންޓު ލިބިފައެވެ.

މިއަދު އޮންލައިން