ރ. އުނގޫފާރުގައި ޤާއިމުކުރި ފުޓްސަލް ދަނޑު ކުޅިވަރާއިބެހޭ ވަޒީރު އިރްތިޝާމް އާދަމް ހުޅުވައިދެއްވައިފި

ކިޔުމަށް ހޭދަވާނީ 43ސ
ރ. އުނގޫފާރުގައި ޤާއިމުކުރި ފުޓްސަލް ދަނޑު ކުޅިވަރާއިބެހޭ ވަޒީރު އިރްތިޝާމް އާދަމް ހުޅުވައިދެއްވައިފި
ރ. އުނގޫފާރުގައި ޤާއިމުކުރި ފުޓްސަލް ދަނޑު ކުޅިވަރާއިބެހޭ ވަޒީރު އިރްތިޝާމް އާދަމް ހުޅުވައިދެއްވައިފިއެވެ.

މި ދަނޑު ހުޅުވައިދެއްވީ ކުޅިވަރާއިބެހޭ ވަޒީރު އިރްތިޝާމް އާދަމް ރ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އެކަމަނާ އެރަށަށް ވަޑައިގަތުމުން، އެކަމަނާއަށާއި އަރިހުގައި ވަޑައިގެން ޓީމަށް އުނގޫފާރުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ޤާއިމުކުރި މި ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލާއިގެންނެވެ. އަދި އެ ދަނޑުގެ ބޮޑިބައެއް މިހާރު ވަނީ ނިމިފައެވެ.

މީގެ އިތުރުން ބަށިކޯޓުގެ މަސައްކަތް ނިމިފައިވާ އިރު، ބާސްކެޓް ކޯޓު އެޅުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އަދި ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓުގެ މަސައްކަތް ކުރުމަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން އުނގޫފާރަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ މިހާރުވެސް ޚަރަދުކޮށްފައިވާ އިރު، އުނގޫފާރު ފުޓްބޯޅަ ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. އަދި ޒުވާނުންގެ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަސް މުއްދަތެއްގައި ފެށޭނެއެވެ.

ކުޅިވަރާއިބެހޭ ވަޒީރު ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅު ވާދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކުރި ފުޓްސަލް ދަނޑާއި ޔޫތް ސެންޓަރވެސް ވަނީ އިއްޔެ ހުޅުވާދެއްވާފައެވެ.
މިއަދު އޮންލައިން