ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެނޭޖަރކަމަށް އަޙްމަދު ޣާލިބު ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 1މ
ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެނޭޖަރކަމަށް އަޙްމަދު ޣާލިބު ހަމަޖައްސައިފި


ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެނޭޖަރކަމަށް އަޙްމަދު ޣާލިބު ހަމަޖައްސައިފިއެވެ.

ފިޝަރީޒް އެންޑްއެގްރިކަލްޗަރ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރގެ މަޤާމުގައިވެސް ހުންނެވި އަހްމަދު ޣާލިބުވިކްޓަރީގެ މެނޭޖަރކަން ހަމަޖެއްސިކަން އިޢލާންކޮށްފައިވަނީ މާލޭ ލީގުގައި ވިކްޓަރީ އާއި ވެލެންސިއާ ރޭ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
މިކަމާއިގުޅިގެން ވިކްޓަރީގެ ކުރީގެ މެނޭޖަރ އަޙްމަދު އަޔާޒް ރަޝީދު ވިދާޅުވީ ޣާލިބު އެމަގާމަށް ހަމަޖެއްސުމަށް ނިންމީ ޒުވާނަކަށް އެ ފުރުޞަތުދިނުމާއެކު ޣާލިބަކީ އެކަމަށް ޤާބިލް އަދި ވިކްޓަރީ ދެކެ ލޯބިވާބޭފުޅަކަށް ވާތީ ކަމަށެވެ.

ޣާލިބް ވިދާޅުވީ މެނޭޖަރެއްގެ ހައިޘިއްޔަތުން ޓީމަށްދޭންވާ ހުރިހާ އެހީތެރިކަމެއް އަބަދުވެސްދޭނެ ކަމަށާއި މިވަގުތުޓާގެޓަކީ މީގެ ކުރިން ވިކްޓަރީ އޮތް މަޤާމަށް ޓީމު ގެންދިޔުން ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި ޚާއްޞަކޮށް ފުޓްބޯޅައިގާ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ވިކްޓަރީގެ އައު މެނޭޖަރކަމުގެ ދަށުގައި ރޭ ކުލަބް ވެލެންސިއާ އާއި ބައްދަލުކުރި މެޗު ވިކްޓަރީން ކާމިޔާބުކޮށް އެޓީމުން ވަނީ ތާވަލުގެ 6 ވަނައަށް ޖެހިލާފައެވެ. އަދި މިއީ އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ މޮޅުވި ފުރަތަމަ މެޗެވެ.

މިއަދު އޮންލައިން