ކުލަބް މޯލްޑިވްސް ކަޕުގެ ކްއާޓަރ ފައިނަލުގެ ފަހު ހަތަރު ޖާގައަށް ޓީމުތައް ހޮވިއްޖެ
ކުލަބް މޯލްޑިވްސް ކަޕުގެ ކްއާޓަރ ފައިނަލުގެ ފަހު ހަތަރު ޖާގައަށް ޓީމުތައް ހޮވިއްޖެއެވެ.
ކްއާޓަރ ފައިނަލުގެ ފަހު ހަތަރު ޖާގައަށް ހޮވިފައިވަނީ އެމްއޭސީއެލް،އެމްއާރްޑީސީ، ހައުސިންގ އަދި އެލައިޑް އިންޝުއަރެންސް އެވެ.
ކުއާޓަރ ފައިނަލުން އެމްއޭސީއެލް ޖާގަ ހޯދީއެޗްޑީސީ އާބައްދަލުކުރި މެޗު 2-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ. ހައުސިންގ މިނިސްޓްރީ އާއި އެމްޓީސީސީ ބައްދަލުކުރި މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ހައުސިންގ މިނިސްޓްރީއެވެ.
އެލައިޑް އިންޝުއަރެންސާއި ފެނަކަ ބައްދަލުކުރި މެޗު ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު 1-0 ލަނޑުން ކާމިޔާބުކޮށް އެލައިޑުން ކާމިޔާބުކޮށް ކްއާޓަރ ފައިނަލުން ޖާގަ ހޯދި އިރު، 3-1 ލަނޑުން މޯލްޑިވިއަން ބަލިކޮށް ކްއާޓަރ އިން ޖާގަ ހޯދީ އެމްއާރްޑީސީ އިންނެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލުގައި ވާދަކުރާ 8 ޓީމު މިހާރުވަނީ ޔަޤީންވެފައެވެ. އެގޮތުން ކްއާޓަރ ފައިނަލަށް ގޮސްފައިވަނީ އެމްއޭސީއެލް،އެމްއާރްޑީސީ، ހައުސިންގ އަދި އެލައިޑް އިންޝުއަރެންސް، ބީއެމްއެލް، އެމްޕީއެލް، ސްޓެލްކޯ އަދި އެސްޓީއޯ އެވެ.