ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގައި މާލޭ ސްޕޯޓްސް ކްލަބާއި ސީބީއެލްބައްދަލުކުރި މެޗު ސީބީއެލްއަށް..
ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގައި މާލޭ ސްޕޯޓްސް ކްލަބާއި ސީބީއެލްބައްދަލުކުރި މެޗު ސީބީއެލް އިން ކާމިޔާބުކޮށްފިއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންއިންތިޒާމްކޮށްގެން ކުރިއަށްގެންދާ 35 ވަނަ ލިމިޓެޑް އޯވަރ ކްރިކެޓްމުބާރާތުގެ ދެވަނަ ޑިވިޝަންގައި މި ދެޓީމު ބައްދަލުކުރި މެޗު ސީބީއެލް އިން ކާމިޔާބުކުރީ ތިން ވިކެޓުންނެވެ.
މާފަންނު ސްޓޭޑިއަމްގެ ކްރިކެޓް ކޯޓުގައި ކުރިއަށްދިޔަ މި މެޗުގެ ގުރު ދިމާވުމުން މާލޭސްޕޯޓްސްއިން ކުޅެން އަރާ، 40އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން 179 ލަނޑު ވަނީ ހަދާފައެވެ. މާލޭ ސްޕޯޓްސް އިން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 42 ލަނޑު ހަމަކުރި ޔޫސުފް އަޒިޔާން އާއި 52 ބޯޅައިން ނުބައިނުވެ 42ލަނޑު ހަމަކުރި އިސްހާގު މުޒައްމިލް އެވެ.
ސީބީއެލް އިން އެންމެ ރަނގަޅަށް އުކީ 8 އޯވަރު 23 ލަނޑަށް 2 ވިކެޓް ނެގި މުހައްމަދު އަކްރަމް އެވެ.
ސީބީއެލް އިން ކުޅެން އަރާ 37 ވަނަ އޯވަރުގައި 7 ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 182 ލަނޑެވެ. އެޓީމުގެ މަހުމޫދު ރިޔާޒް 73 ލަނޑު، އަހުމަދުފިރާޒް ވަނީ 35 ލަނޑު ހަމަކޮށްފައެވެ.
މާލޭ ސްޕޯޓްސްއިން އެންމެ ރަނގަޅަށް އުކީ 7 އޯވަރު 32 ލަނޑަށް 3 ވިކެޓް ނެގި މުހައްމަދު މަފާޒު އެވެ.
މި މުބާރާތުގައި ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ 5 ވާ ހުކުރު ދުވަހުއެވެ. އެދުވަހު ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ވެސްޓްސްޕޯޓްސް ކްލަބެވެ.