ވިކްޓްރީ އާއި ވެލެންސިއާ މެޗު ފަސޭހަކަމާއެކު ވިކްޓްރީން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
ވިކްޓްރީ އާއި ވެލެންސިއާ މެޗު ފަސޭހަކަމާއެކު ވިކްޓްރީން ކާމިޔާބުކޮށްފި

އެސްޓީއޯ މާލޭ ލީގުގައި ވިކްޓްރީ އާއި ވެލެންސިއާ މެޗު ފަސޭހަކަމާއެކު ވިކްޓްރީން ކާމިޔާބުކޮށްފިއެވެ.
މި މެޗު ވިކްޓްރީން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓުގައި ވިކްޓްރީގެ ކެރިކް އަންދްރޭޒް ޖަހއިދިން ލަނޑާއެކު ފުރަތަމަ ހާފު ނިންމާލީ މި ނަތީޖާގައެވެ.

އެހެންނަމަވެސް މެޗުގެ 47 ވަނަ މިނެޓުގައި ވެލެންސިއާގެދިމޯދޫ ގޮޑް ފްރޭ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނުމުން ވިކްޓްރީއަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ.
ދެވަނަ ފަހަރަށް ވިކްޓަރީއަށްލީޑުނަގައިދިނީ 59 ވަނަ މިނެޜުގައި ކެޕްޓަން އިސްމާއިލް ޢީސާ (މެސީ) ޖަހައިދިން ލަނޑުންނެވެ. އަދި ވިކްޓަރީގެ ތިންވަނަ ލަނޑަކީ ވެލެންސިއާގެ ޑިފެންޑަރމުހައްމަދު ޝިފާން (ކުޑައްޓޭ)އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ވިކްޓަރީގެއާ މެނޭޖަރކަމުގެ މަޤާމަށް އަހްމަދު ޣާލިބު ހަމަޖެއްސިތާ މާ ގިނައިރެއް ނުވެ،ކުޅުނު މި މެޗުން ލިބުނު މޮޅާއެކު ތާވަލުގެ 6 ވަނައިގާ ވިކްޓްރީ އޮތީ 6 ޕޮއިންޓު ހޯދައިގެންނެވެ.

މިއަދު އޮންލައިން