ކްލަބް މޯލްޑިވްސް ކަޕްގެ ކްއާޓަރ ފައިނަލުގެ ފުރަތަމަ 4 ޖާގަ ޔަޤީންވެއްޖެއެވެ.
އެ 4 ޖާގައަށް ގޮސްފައިވަނީ ބީއެމްއެލް، އެމްޕީއެލް، ސްޓެލްކޯ އަދި އެސްޓިއޯ އަށެވެ.
ފައިބެއަހަރުގެ ޗެމްޕިއަން ބީއެމްއެލްއިން ކުއާޓަރގެ ޖާގަ ހޯދީ ކަސްޓަމްސް ރެކްރިއޭޝަން އާއި ބައްދަލުކޮށް ފުރިހަމަ ވަގުތުހަމަވި އިރު، 1-1 ން އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ސްޓެލްކޯއިން ކުއާޓަރއަށް ދަތުރުކުރީ 3-0 ލަނޑުން ދިވެހި ސިފައިންގެ ކުލަބް ބަލިކޮށްގެންނެވެ. އެމްޕީއެލް އިން ކުއާޓަރ އިން ޖާގަހޯދީ 5-1 ލަނޑުން ފަސޭހަ ކަމާ އެކު ފުލުހުން ބަލިކޮށްގެންނެވެ.
އެސްޓީއޯ އާއި ސިވިލް ކޯޓު ބައްދަލުކުރި މެޗު 7-2 ލަނޑުން ކާމިޔާބުކޮށް އެސްޓީއޯއިން ވަނީ ކުއާޓަރގެ ޖާގައަށް ޖެހިލާފައެވެ.
ކުއާޓަރ ފައިނަލުގެ ހުރިހާ ޖާގައެއް ކަށަވަރުވާނީ މިއަދު ކުޅޭ މެޗުތަކަށް ފަހުއެވެ.