ބާރަ ޓީމާއެކު އައިޔޫއެމް ސްޓޫޑެންޓް ޔޫނިއަން ފުޓްސަލް މުބާރާތް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
ބާރަ ޓީމާއެކު އައިޔޫއެމް ސްޓޫޑެންޓް ޔޫނިއަން ފުޓްސަލް މުބާރާތް ފަށައިފި
މިއީ މޯލްޑިވްސް އިސްލާމިކް ޔުނިވަރިސިޓީގެ ދަރިވަރުންނާއި މުދައްރިސުންނާއި މުއައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މިއަދު ހެނދުނުގެ ދަންފަޅީގައި 6 މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗު ދަ ލަޔަންސް އާއި މުޝާރަކާ ބައްދަލުކުރި މެޗު 6-0 ން ކާމިޔާބުކުރީ ދަ ލަޔަންސް އެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވުނީ ދަ ލަޔަންސްގެ ޖާރޒީ ނަމްބަރ 5 މަހުދީއެވެ.

ދެވަނަ މެޗު ބެޗް 14 ން ކާމިޔާބުކުރީ ބެޗް 12 އާއި ބައްދަލުކޮށް 3-0 ންނެވެ. މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބެޗް 14ގެ ޖާރޒީ ނަމްބަރ 11 ފިޔާޒު އެވެ.

މިއަދުގެ ތިންވަނަ މެޗު ތަފާތުބޮޑު ނަތީޖާއަކުން އަލް އުސޫދު ކާމިޔާބުކުރީ ޔަގީން 13 އާބައްދަލުކޮށްގެންނެވެ. ދިހައެއް ދޭކުން އަލް އުސޫދު ކާމިޔާބުކުރި މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އަލް އުސޫދުގެ ޖާރޒީ ނަމްބަރ 7 އައްޒާމްއެވެ.

ހަތަރުވަނަ މެޗުގައި ޑޮކްޓަރަރސް ޓީމާއި އެޑްމިން އެފްސީ ބައްދަލުކުރިމެޗު ލަނޑުގޯންޏަކާއެކު ކާމިޔާބުކުރީ އެޑްމިން އެފްސީ އިންނެވެ. ފަނަރަ ލަނޑު ތިންލަނޑުން ނިމުނު މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެޑްމިން އެފްސީގެ ޖާރޒީ ނަމްބަރ 11 ޖަޒްލާންއެވެ.

ހެނދުނުގެ ދަންފަޅީގެ ފަހު ދެމެޗު ކާމިޔާބުކުރީ ބޮޑުސޯޅަ އާއި ބެޗް 15 އެވެ. ބޮޑުސޯޅަ މެޗު ކާމިޔާބުކުރީ އެދިހަ ހަތަކާއި ބައްދަލުކޮށް 4-2ންނެވެ. މޮޅިކުޅުންތެރިއަކަށް ހޮވުނީ ބޮޑުސޯޅަ ޓީމުގެ ޖަރޒީ ނަމްބަރ 7 އަރުޝާޒުއެވެ.

މިއަދު ހެނދުނު ދަންފަޅީގެ ފަހުމެޗު ބެޗް 15 އިން ކާމިޔާބުކުރީ މުލަރޮބާއި ބައްދަލުކޮށް 9-3ންނެވެ. މޮޅުކުޅުންތެރިއަކަށް ހޮވުނީ މުލަރޮބާގެ ޖާރޒީ ނަމްބަރ 10 މައުމޫންއެވެ.
މި މުބާރާތުގެ މެޗުތަކެއް މިރެއާއި މާދަމާ ހެނދުނުވެސް ކުޅޭނެއެވެ.

ސެމިފައިނަލުގެ މެޗުތައް މާދަމާރޭ ކުޅުމަށް ތާވަލުކޮށްފައިވާ އިރު، ފައިނަލްމެޗު އޮންނާނި އާދިއްތަ ދުވަހުގެ ރެއެވެ.
މިއަދު އޮންލައިން