އޭޝިއަންގްރޯން ޕްރީގައި ރާއްޖޭގެ އެތްލީޓަކު ފުރަތަމަ ފަހަރަށް ބައިވެރިވަނީ.

ކިޔުމަށް ހޭދަވާނީ 49ސ
އޭޝިއަންގްރޯން ޕްރީގައި ރާއްޖޭގެ އެތްލީޓަކު ފުރަތަމަ ފަހަރަށް ބައިވެރިވަނީ.
އޭޝިއަންގްރޯން ޕްރީގައި ރާއްޖޭގެ އެތްލީޓަކު ފުރަތަމަ ފަހަރަށް ބައިވެރިވުމަށް ނިންމާ އެ އެތްލީޓު ޗައިނާއަށް ފުރައިފިއެވެ.

އޭޝިއަންގްރޯން ޕްރީގައި ބައިވެރިވަނީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއެވެ. އަދި އޭނާގެ ކޯޗުގެ ގޮތުގައި ދިޔައީ ކޯޗު އަޙްމަދު ފާއިލްއެވެ.

މިމަހުގެ 24، 27 އަދި 30 ވަނަ ދުވަހު ޗައިނާ އަދި ޓައިވާންގައި ބާއްވާ ގްރޯން ޕްރީގެ 3 ލެގްގައި ސާޢިދު ވާދަކުރާނީ 100 މީޓަރ ދުވުމުގައެވެ.

މިއީ އޭޝިއާގެ މަތީފަންތީގެ އެތުލީޓުންނަށް ދަޢުވަތުދީގެން ކޮންމެ އަހަރަކު އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވަމުންއަންނަ މުބާރާތެކެވެ.

މިމަހުގެ 24 ވަނަ ދުވަހު މުބާރާތުގެ ފުރަތަމަ ލެގް ޗައިނާގެޖިންހުއާގައި ބާއްވަ އިރު، ދެވަނަ ލެގް އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުޗައިނާގެ ޖިއަޒިންގ ގައެވެ. އަދި 3 ވަނަ ލެގް އޮންނާނީ މިމަހުގެ 30ވަނަ ދުވަހު ޓައިވާންގެ ޓައިޕޭގައެވެ.

މިމުބާރާތުގައި އޭޝިއާގެ 19 ޤައުމަކުން ވާދަކުރާ އިރު، 100 މީޓަރ ދުވުމުގައި އޭޝިއާގެ 10 ޤައުމަކުން 12 އެތުލީޓުން ވާދަކުރާނެއެވެ.
މިއަދު އޮންލައިން