ރިއޯ އޮލިމްޕިކްސްގަ ދިވެހި ދިދަ އުފުލައިފި: ނަތީޖާއަށް އިންތިޒާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ރިއޯ އޮލިމްޕިކްސްގަ ދިވެހި ދިދަ އުފުލައިފި: ނަތީޖާއަށް އިންތިޒާރު
ބްރެޒިލްގެ ވެރިރަށް ރިއޯޑި ޖެނީރޯގައި ރޭ ފަތިހު ފެށި ދުނިޔޭގެ އޮލިމްޕިކްސް މުބާރާތުގައި ދިވެހި ދިދަ އުފުލައިފިއެވެ. ދިދަ އުފުލީ ފެތުންތެރިޔާ އާމިނަތު ސަޖަން އެވެ.

ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖެއަށް ވަނީ ރީތި ނަމެއް ލިބިފައެވެ. ދިވެހި އެތްލީޓުން ލައިގެން ތިބި ދިވެހި ސަގާފީ ހެދުމުގެ ފުރިހަމަކަމަށެވެ. ދިވެހިން ލައިގެން ތިބި ހެދުމަށް ވަނީ ރަސްމިއްޔާތުގައި ބައިވެރިވި 200 އަށްވުރެ ގިނަ ޤައުމުގެ ތެރެއިން 5 ވަނަ ލިބިފައެވެ.

އެއްވަނަ އޮސްޓްރޭލިއާއަށެވެ. ފަހަތުން ގޭމަން އައިލަންޑްސް އާއި ޑެންމާކާއި އެމެރިކާ އާއި ކުކްސް އައިލަންޑާއި ދިވެހިރާއްޖެއެވެ.

އިންތިޒާރުކުރަންވީ މަޝްހޫރު ދުވުންތެރިޔާ ސާއިދުވެސް ހިމެނޭ ދިވެހި ޓީމުން ގެނެސްދޭނެ ކާމިތާބީއަށެވެ. މެޑެލްތަކަށެވެ.
މިއަދު އޮންލައިން