ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ، ދަގަނޑޭ މާޒިޔާ އަށް

އަހުމަދު
ކިޔުމަށް ހޭދަވާނީ 41ސ
ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ، ދަގަނޑޭ މާޒިޔާ އަށް
ދެކުނު އޭޝިޔާގެވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔާ އަދި ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) މާޒިޔާއާއި ގުޅި އެކްލަބަށް ކުޅެން ސޮއިކޮށްފިއެވެ.

ދިވެހިން އެންމެ ފަޚުރުވެރިވާ ގައުމީ ކެޕްޓަން، ރާއްޖޭގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ މާޒިޔާއަށް ސޮއިކުރީ މިރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އަލީ އަޝްފާޤް އެންމެ ފަހުން ކުޅެފައިވަނީ މެލޭސިޔާގެ ޕީޑީއާރްއެމް އަށެވެ. އެކުލަބާއިއެކު ހަދައިފައިވާ ކޮންޓްރެކްޓް ޕީޑީއާރްއެމުން އުވާލީ ދަގަނޑޭއަށް ކުރިމަތިވި އަނިޔާއާ ގުޅިގެންނެވެ.

ޢަލީ އަޝްފާޤް މާޒިޔާ އާއި ގުޅުނު އަގު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނެފައިވަނީ ދަގަނޑޭ މާޒިޔާ އާއި ގުޅިނީ އެއްމިލިއަނަށްވުރެ ގިނަ ރުފިޔާއަށް ކަމަށެވެ.
މިއަދު އޮންލައިން