ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ބާއްވާ އެސްއޯ ހެޑް ކަޕްގެ މާދަމާ ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ބާއްވާ އެސްއޯ ހެޑް ކަޕްގެ މާދަމާ ފަށަނީ

ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ބާއްވާ އެސްއޯ ހެޑްގެ ވާދައިގެ ތައްޓަށް ކުޅެވޭ "އެސްއޯ ހެޑް ކަޕް" ފުޓްބޯޅަ މުބާރާތް މާދަމާ ފަށައެވެ

މި މެއި މަހުގެ 31 ން ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ގުރުލުން ރޭ އިސްކަންދަރު ކޮށި 2 ގައި ވަނީ ބާއްވާފަވެއެވެ.

މާހެފުމަކާއެކު ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ހަސަން މެރިންގެ މާކެޓިންގ މެނޭޖަރާއި ސޭލްސް މެނޭޖަރުގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ޓީމްތަކުން ބޭނުންކުރާ ޖާޒީތައްވެސް ދައްކާލާފަވެއެވެ.

އެސްއޯ ހެޑް ކަޕްގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޔުނިޓްތަކުން ޖުމްލަ 9 ޓީމެއް ބައިވެރި ވާނެކަމަށް ބުނެއެވެ.

މި މުބާރާތް ކުރިއަށްދަނީ ބައިވެރިވާ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ދެ ގްރޫޕުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީއަށްދާގޮތަށް ށެވެ.

ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކުޅިވަރު ރޫހު އާލާކޮށް ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ ގޮތުންނާއި މުވައްޒަފުންގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންނުންކީ އެސްއާރުޔޫއެވެ.
މިއަދު އޮންލައިން