ފުލުހުންނާއި އެޗްޑީސީ ގުޅިގެން ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖްގެ ނަމުގައި ވޮލީ މުބާރާތެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ފުލުހުންނާއި އެޗްޑީސީ ގުޅިގެން ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖްގެ ނަމުގައި ވޮލީ މުބާރާތެއް ފަށައިފި
ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) ގުޅިގެން ޔޫތު ސިޓީ ޕޮލިސް ޕޮލިސް ވޮލީބޯލް ޗެލެންޖްގެ ނަމުގައި ވޮލީބޯޅަ މުބާރާތެއް ފަށައިފިއެވެ.

މި މެއި މަހުގެ 26 ވަނަ ދުވަހު ފެށި މި މުބާރާތަކީ ހުޅުމާލޭގައި ހުރި މުއައްސަސާތަކަށާއި ހުޅުމާލޭގައި ހަރަކާތްތެރިވާ ކުލަބު ޖަމްޢިއްޔާތަކާއި ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ހުޅުވުމުގެ ގޮތުން މެޗެއް ކުޅެއްފައިވާއިރު މި މެޗުގައި ވާދަކޮށްފައިވަނީ ހުޅުމާލެ ޕޮލިސް އާއި ޓީމް އެމްޓީސީސީ އެވެ. މިމެޗު 3-1 ސެޓުން ކާމިޔާބުކޮށްފައިވަނީ ޓީމް އެމްޓީސީސީއެވެ.

މި މުބާރާތުގައި ޖުމްލަ 11 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި 3 އަންހެން ޓީމަކާއި 8 ފިރިހެން ޓީމު ހިމެނެއެވެ. ދެ ޑިވިޜަނަކަށް ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ މެޗުތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ދެ ގްރޫޕުގެ 1 ވަނަ އަދި ދެވަނަ ޓީމު ސެމީއަށް ދާގޮތަށެވެ. އަދި އަންހެން ޑީވިޜަންގެ މެޗުތައް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާގޮތަށެވެ


ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖް މި މެއި މަހުގެ 26 ން ފެށިގެން ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ އެޗްޑީސީގެ ވޮލީބޯޅަ ކޯޓުގައެވެ.
މިއަދު އޮންލައިން