ހޯރަފުށީ ފުޓްސެލް ދަނޑު ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ހޯރަފުށީ ފުޓްސެލް ދަނޑު ހުޅުވައިފި
ހޯރަފުށީ ފުޓްސެލް ދަނޑު ހުޅުވައިފިއެވެ. މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދަނޑު ހުޅުއްވައި ދެއްވީ ޔޫތް މިނިސްޓަރ ޒުހޫރުއެވެ.

ސްކޫލް ކުދިންގެ ޘަޤާފީ ކުޅިވަރާއިއެކު ބޭއްވި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ޒުހޫރު ވަނީ ފުޓްސެލް ދަނޑުތަކާއި ކުޅިވަރު ދަނޑުތައް ތަރައްޤީ ކުރުމަށް ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވައިފައެވެ.

ދަނޑު ހުޅުވުމުގެ ގޮތުން ރަށު ކައުންސިލުގެ ޓީމަކާއި ޔޫތް މިނިސްޓްރީގެ މެދުގައި ވަނީ ފުޓްސެލް މެޗެއް ކުޅެފައެވެ. މެޗްގައި ޔޫތް މިނިސްޓަރ ޒުހޫރު އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ވަނީ ފުޓްސެލް ކުޅުއްވައިފައެވެ.

ހޯރަފުށީގައި އިތުރު ފުޓްސެލް ދަނޑެއް އަޅާނެކަން ވެސް މިރޭ ވަނީ އިއުލާނުކޮށްފައެވެ.
މިއަދު އޮންލައިން