މިއަހަރު ބާއްވާ އަތޮޅު ފުޓްބޯޅަ މުބަރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެފްއޭއެމުން ހުޅުވާލައިފިއެވެ.
އެފްއޭއެމުން މިއަދު ބުނީ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ބޭނުންވާ ޓީމުތަކުން އެކަމަށް އެދި ލިޔުން ހުށަހެޅުމުގެ މުދަތަކީ އަންނަ ޖޫންމަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ.
މިގޮތުން ހުށަހަޅާ ލިޔުމުގައި ޓީމުގެ ކަންތައްތަކާއި ގުޅޭގޮތުން ގުޅަންޖެހޭ ފަރާތުގެ ނަމާއި ފޯނު ނަމްބަރު ބަޔާންކުރުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.
އެފްއޭއެމުން ބުނެފައިވަނީ ޓީމުތައް ބައިވެރިވެ ނިމުން މުބާރާތް ފަށާ ތާރީޚު އިއުލާނުކުރާނެ ކަމަށެވެ. އަދި ކޮންމެ ޓީމް ލިސްޓެއްގައި 21 އަހަރުން ދަށުގެ 5 ކުޅުންތެރިން ހިމަނަންޖެހޭނެ ކަމަށެވެ.