ޗެންޕިއަންކަން އޭއެޗުއެސް ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ޗެންޕިއަންކަން އޭއެޗުއެސް ހޯދައިފި
އެފްއޭއެމުން އިންތިޒާމް ކޮށްގެން އައްޑޫގައި ބޭއްވި މައިލޯ އިންޓަރސްކޫލް ސަތާރައަހަރުން ދަށުގެ އުމުރުފުރާގެ ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން އައްޑޫހައިސްކޫލް (އޭއެޗްއެސް) އިން ހޯދައިފިއެވެ.

އެސްކޫލް ޗެންޕިއަންކަން ހިތަދީ ޒޯން ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލްމެޗު 3 ލަނޑު 1 ލަނޑުން އިރުޝާދިއްޔާ ސްކޫލް ބަލިކޮށްގެންނެވެ. މެޗަށްފަހު ޗެމްޕިއަން ޓީމަށްދޭ ޓްރޮފީއާއި ރަން މެޑެލް ހަވާލުކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސާދިގެވެ.

މުބާރާތުގެ ދެވަނަ ޓީމު އިރުޝާދިއްޔާއަށް ރިހިމެޑެލް ހަވާލުކޮށްދެއްވީ އެމްއާރުޑީސީގެ ސައިޓްމެނޭޖަރ އިބްރާހީމް ރަޝީދެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ އައްޑޫހައިސްކޫލްގެ އަހުމަދު ތަލާލެވެ. ފެއާޕްލޭ ޓީމަކީވެސް އެއީއެވެ. އެންމެމޮޅު ކީޕަރަކީ އެސްކޫލުގެ މުހައްމަދު އަބާން އަހުމަދެވެ. ފެއާޕްލޭ ކުޅުންތެރިއަކީ އެސްކޫލުގެ ހާޒިމް ފައުޒީއެވެ.
މިއަދު އޮންލައިން