ހަތަރު ސަތޭކަ ދަރިވަރުން ބައިވެރިވި ނެޓްބޯޅަ މުބާރާތް ނިމިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ހަތަރު ސަތޭކަ ދަރިވަރުން ބައިވެރިވި ނެޓްބޯޅަ މުބާރާތް ނިމިއްޖެ
އައްޑޫ ސިޓީގެ ސްކޫލްތަކަށް ހުޅުވަލައިގެން ބޭއްވި ނެޓްބޯޅަ މުބާރާތް އިއްޔެ ނިމިއްޖެއެވެ.

މިއީ ނެޓްބޯލް އެސޯސިއޭޝަނުގެ އެހީތެރި ކަމާއެކު ހިތަދޫ ސްކޫލުން، އިންތިޒާމް ކޮއްގެން ބޭއްވި މުބާރާތެވެ. މުބާރާތް ބާއްވާފައިވަނީ މި މަހު 18 އިން 21 އަށެވެ. މި މުބާރާތުގައި ހުޅުމީދޫ ސްކޫލްތައްވެސް ބައިވެެރިވިއެވެ.

ޖުމްލަ 465 ދަރިވަރުން ބައިވެރިވި މުބާރާތުގައި 59 މެޗް ކުޅެފައިވެއެވެ. މުބާރާތް ބާއްވާފައިވަނީ 5 އުމުރުފުރާއަކަށް ބަހައިލައިގެންނެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ން ސްކޫލްތައް ވަނީ ވާދަ ކޮށްފައެވެ. މި މުބާރަތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން އައްޑޫ ސްކޫލްސް ކޯޑިނޭޓަރ އިބްރާހީމް ނަދީމެވެ.

މުބާރާތުގެ ނުވަ އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަން ކަން ހޯދީ ޝަރަފުއްދީން ސްކޫލެވެ. އެގާރަ އަހަރުން ދަށުގެ އުމުރުފުރާއިން ޗެމްޕިއަން ކަން ހޯދީ މަރަދޫ ފޭދޫ ސްކޫލެވެ. ތޭރަ އަހަރުން ދަށާއި، ފަނަރަ އަހަރުން ދަށާއި، ސަތާރަ އަހަރުން ދަށުގެ ޗެންޕިއަނުންނަކީ ހިތަދޫ ސްކޫލެވެ.
މިއަދު އޮންލައިން