ސީޖީ އޯޕަން އެއިޓްބޯލް ބިލިއަރޑް ޓޯނަމަންޓްގެ ފުރަތަމަ ޑިވިޜަން ޒުބައިރަށް، ދެވަނަ ޑިވިޜަން މަފާޒަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ސީޖީ އޯޕަން އެއިޓްބޯލް ބިލިއަރޑް ޓޯނަމަންޓްގެ ފުރަތަމަ ޑިވިޜަން ޒުބައިރަށް، ދެވަނަ ޑިވިޜަން މަފާޒަށް
ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ވާދައިގެ ތަށްޓަށް ކުޅެވޭ ފުރަތަމަ ސީޖީ އޯޕަން އެއިޓްބޯލް ބިލިއަރޑް ޓޯނަމަންޓްގެ ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ސީނިއަރ ކަސްޓަމްސް އޮފިސަރ 3 ޔޫސުފް ޒުބައިރު ކާމިޔާބުކޮށްފިއެވެ. ޒުބައިރު މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗުގައި ސީނިއަރ ކަސްޓަމްސް އޮފިސަރ 3 އާދަމް ސޮލާހާ ވާދަކޮށް، ކުޅުނު 5 ފްރޭމްވެސް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޜަން ކާމިޔާބުކުރީ ފައިނަލް މެޗުގައި ސީނިއަރ ކަސްޓަމްސް އޮފިސަރ 3 އައިމިނަތު ހަލީމާ ވާދަކޮށް މޮޅުވި ސީނިއަރ ކަސްޓަމްސް އޮފިސަރ 1 އަލީ މަފާޒެވެ.

މުބާރާތް ނިންމުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޕޫލް-ބިލިއަރޑް އެސޯސިއޭޝަންގެ ޓްރެޝަރަރ އަލްފާޟިލް އިސްމާޢިލް ރަޒީންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަލްފާޟިލް އިސްމާޢިލް ޢަބްދުﷲއެވެ.

ކަސްޓަމްސް ރިކްރިއޭޝަން ކްލަބު (ސީ.އާރު.ސީ) ގެފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއަ މިމުބާރާތުގައި ތަފާތު 2 ޑިވިޜަނަކުންޖުމްލަ 62 އޮފިސަރުން ބައިވެރިވިއެވެ. އެއީ ފުރަތަމަ ޑިވިޜަންގައި 22 އަދިދެވަނަޑިވިޜަންގައި 42 އޮފިސަރުންނެވެ.


މިއަދު އޮންލައިން