މިއަދު ޕޮޒިޓިވްވީ 44 ދިވެހިންނާއި ތޭވީސް ބިދޭސީން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
މިއަދު ޕޮޒިޓިވްވީ 44 ދިވެހިންނާއި ތޭވީސް ބިދޭސީން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 67 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 23 ބިދޭސީންނެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން 99 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 8033 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9,494 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 104 މީހަކަށެވެ.

މި ބަލީގައި 33 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން