މާލެ ސަރަހައްދުގެ ސްކޫލްތައް އިތުރު ދެ ހަފްތާ އަށް ބަންފުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
މާލެ ސަރަހައްދުގެ ސްކޫލްތައް އިތުރު ދެ ހަފްތާ އަށް ބަންފުކޮށްފި

މާލެ ސަރަހައްދުގެ ސްކޫލްތައް އިތުރު ދެ ހަފްތާ އަށް ބަންދު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް 2 ހަފްތާގައި ވެސް ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ދެ ހަފްތާ ފަހުން މި ނިންމުން މުރާޖަޢާ ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެއެވެ.

ރާއްޖޭގައި ކޯވިޑް-19 ހަލުވިކަމާއކު ފެތުރެމުން ދިއުމައި ގުޅިގެންސްކޫލްތައް ބަންދުކުރުމަށްފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު އަލުން ހުޅުވި ނަމަވެސް ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ސްކޫލްތައް ވަނީ މިދިޔަ މަހުގެ ކުރީކޮޅު އަނެއްކާވެސް ބަންދުކޮށްފައެވެ.

މިއަދު އޮންލައިން