ކޮރޯނާ ވައިރަހަށް ވެކްސިނެއް އަށާރަ މަސް ތެރޭ ތައްޔާރުކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮރޯނާ ވައިރަހަށް ވެކްސިނެއް އަށާރަ މަސް ތެރޭ ތައްޔާރުކުރަނީ!

ޗައިނާގެ ވުހާންގައި އުފެދި ހަލުވި ކަމާއެކު ފެތުރެމުންދާ "ކޮރޯނާ ވައިރަސް" އަށް ވެކްސިނެއް މީގެ 18 މަސް ތެރޭ ތައްޔާރު ކުރެވޭނެ ކަމަށް ދުނިޠގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފިއެވެ.

"ކޮރޯނާ ވައިރަހަށް ފަރުވާއެއްގެ ގޮތުން އުފައްދާ ފުރަތަމަ ވެކްސިން 18 މަސް ދުވަސް ތެރޭގައި ތައްޔާރު ކުރެވޭނެ. އެހެންވީމަ ވެކްސިން ތައްޔާރު ކުރުމަށް ބޭނުން ކުރެވެން ހުރި ހުރިހާ ހަތިޔާރެއް އަހަރުމެން އެބަޖެހޭ ބޭނުން ކުރަން" ޑަބްލިޔުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ޖެނީވާގައި ހުރެ ވިދާލުވިއެވެ.

ޓެޑްރޯސް މިހެން ވިދާޅުވި ނަމަވެސް، ގްލެކްސޯސްމިތުކްލައިންސް ވެކްސިން ޔުނިޓްގެ ޗީފް މެޑިކަލް އޮފިސަރ ތޯމަސް ބްރުއަރ ވިދާޅުވީ ވެކްސިން ތައްޔާރު ކުރުމަށް އެންމެ މަދުވެގެން 12 މަހާއު 18 މަސް ނަގާނެ ކަމަށާއި، މިވަގުތު ޗައިނާގައި ވެސް މިބަލި ހުރި ފައްތަރުން މިއީ އެއްވެސް ކުރިއެރުމެއް ނޫން ކަމަށެވެ.

ބޭސް އުފައްދާ ޑަޒަނެއްހާ މީހުން މިބައްޔަށް ފަރުވާއެއް ހޯދުމަށް މިހާރުވެސް ވެކްސިނާއި އެންޓި ވައިރަސްގެ އިތުރުން އެހެނިހެން ފަރުވާ ހޯދުމުގައި ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިބަލި ޖެހެމުން އަންނަ މީހުން ފެންނަމުންދާއިރު، ގިނަ އަދަދެެއްގެ މީހުން މިހާރުވެސް ދަނީ މިބައްޔަށް ކަރަންޓީނު ކުރެވެމުންނެވެ. އެގޮތުން ސްކޮޓްލެންޑް ގައި ވެސް މިދިޔަ 48 ގަޑިއިރު ތެރޭ 82 މީހަކަށް މިބަލި ޖެހިފައިވޭތޯ ޓެސްޓު ކޮށްފައިވާ ކަމަށް އެޤައުމުގެ ސިއްޙަތާއުބެހޭ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

މިއަދު އޮންލައިން