ރޯދަ އަށް ބައެއްތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ރޯދަ އަށް ބައެއްތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި!

ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާތީ 51 ބާވަތެއްގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

މިކަމާގުޅިގެން އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރޯދަ މަހު އަގުތައް ބޮޑު ވެގެންދާތީ 51 ބާވަތެއްގެ އަގު ހެޔޮ ކުރުމަށް ލިސްޓު ތައްޔާރުކޮށްފައިވާ ކަމަށާއި އަސާސީ އައިޓަމްތައް އަގު ހެޔޮ ކުރަން އެސްޓީއޯ ނޫނީ ސަރުކާރު ކުންފުންޏެއް ބޭނުންކޮށްގެން ސަޕްލައި އިތުރު ކުރަން މަސައްކަތް ކުރަމުންދާކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިއްކާނެ ވަކި އަގެއްއި ކަނޑައެޅުމުގެ ބަދަލުގައި މާކެޓަށް އިތުރު ކުރަންނިންމާފައިވާ ކަމަށާއި އެހެންވުމުން އޭގެޒާތުގައި ޑިމާންޑް އެންޑް ސަޕްލައި އަށް ބަލާ އަގު ހެޔޮވާނެ ކަމަށެވެ.

އަގު ހެޔޮ ކުރުމުގެ ކަންކަމާ ބެހޭ ގޮތުން މާދަމާ އެސްޓީއޯއާއެކު ފުރަތަމަ މީޓިން ބާއްވަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން