މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު މިއަދު ރާއްޖެއަށް ފަށްޓަވާ ދަތުރުފުޅުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ދެއްވާ ދަރުސް އޮންނާނީ ހިތަދޫ ނޫރާނީ ސްކޫލުގައި ކަމަށާއި ކުޅުދުއްފުށި ސިޓީގަ ދަރުސް ދެއްވާނީ ހަދ އަތޮޅު މަދަރުސާގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ދެ ދަރުސް ވެސް ފަށްޓަވަން ހަމަޖެހިފައިވަނީ ރޭގަނޑު 8.15 ގައެވެ.
އައްޑޫ ސިޓީގައި ދަރުސް ދެއްވަވާނީ ދީނާއި ދުރަށް ދެވުމަށް މެދުވެރިވާ ސަބަބުތަކާއި ބެހޭގޮތުންނެވެ. ކުޅުދުއްފުށީގައި ދަރުސް ދެއްވާނީ އިސްލާމް ދީނުގެ ކަންކަން މާނަކުރުމާއިބެހޭ ގޮތުންނެވެ.