ސުވާލުކުރަން ފުރުޞަތުދެއްވައިގެން މުފްތީ މެންކް ޒުވާނުންނަށާ ދަރިވަރުންނަށް ޚާއްޞަ ފޯރަމެއް ބާއްވަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސުވާލުކުރަން ފުރުޞަތުދެއްވައިގެން މުފްތީ މެންކް ޒުވާނުންނަށާ ދަރިވަރުންނަށް ޚާއްޞަ ފޯރަމެއް ބާއްވަވަނީ!

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް މިއަދު ޜާއްޖެއަށް ފަށްޓަވާ ދަތުރުފުޅުގެ ތެރެއިން ޔުނިވަރސިޓީތަކާއި ސްކޫލްތަކުގެ ދަރިވަރުންނަށާއި ޒުވާނުންނަށް ޚާއްޞަ ފޯރަމެއް ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފޯރަމް ބާއްވާނީ މިމަހުގެ 17 ވާ ހުކުރު ދުވަހުގެ ރޭ 8.15 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. އަދި ބައިވެރިން ގިނަވެއްޖެނަމަ ލޮބީ އާއި އިތުރު ސަރަހައްދުތައްވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިފޯރަމްގައި ޒުވާނުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ކުރާ ސުވާލުތަކަށް މުފްތީ މެންކް ޖަވާބު ދެއްވާނެ ކަމަށެވެ.

މިފޯރަމްގައި ބައިވެރިކުރަން ހަމަޖެހިފައިވަނީ ސްކޫލްތަކުގެ ގްރޭޑް 9 އަކުން މަތީ ކްލާސްތަކުގެ ދަރިވަރުންނާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނާއި ޒުވާނުންނެވެ. އަދި ޖަމިއްޔާއަކުން ޒުވާނުން ބައިވެރިކުރަން ބޭނުން ނަމަ 7228172 އަށް ގުޅައި އެކަން ހަމަޖެއްސުމަށްވެސް ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފޯރަމްވެގެންދާނީ ދަރިވަރުންނަށް ދީނީ ވަރަށް ގިނަ މައުލޫމާތު ލިބިގެންދާނެ އަދި ވަރަށް ގިނަ ކަންތައްތަކެއް އިތުރަށް އޮޅުން ފިލާނެ ފޯރަމަކަށް ކަމަށެވެ.

މީގެ އިތުރުން 18 ވަނަ ދުވަހު ހެނދުނު ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ޚާއްޞަކުރައްވައިގެންވެސް ފޯރަމެއް ބާއްވަވާނެއެވެ. މި ފޯރަމްގައި ވެސް ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެއެވެ.

މިއަދު އޮންލައިން