މުފްތީ މެންކް މިރޭ ދަރުސް ދެއްވާނީ "ރިލިޖަސް ރިހިބިލިޓޭޝަން" މައުޟޫއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މުފްތީ މެންކް މިރޭ ދަރުސް ދެއްވާނީ "ރިލިޖަސް ރިހިބިލިޓޭޝަން" މައުޟޫއަށް!

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް މިރޭ އަލިމަސް ކާނިވަލުގައި ދަރުސް ދެއްވާނީ "ރިލިޖަސް ރިހިބިލިޓޭޝަން" މައުޟޫއަށެވެ. ބެލެވޭ ގޮތުން މިމައުޟޫގައި އަލިއަޅުއްވައިލައްވާނީ ދީނީ ޢަޤީދާ ވަރުގަދަކުރުމަށާއި އިސްލާމް ދީނަށް އަމަލުކުރުމުގައި އިތުރަށް ކުރިއެރުންތައް ހޯދުމާއިބެހޭ ގޮތުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު ވިދާޅުވީ މުފްތީ މެންކް ފަދަ ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިއަކު ރާއްޖޭގެ 3 ސަރަހައްދެއްގައި ދަރުސް ދެއްވުމުގެ އިތުރުން 2 ފޯރަމް ބާއްވަވައިދެއްވަން ހަަމޖެހިފައި އޮތުމަކީ އެކަމުގެ ފައިދާ ވަރަށް ބޮޑަށް ލިބިގެންދާނެ ކަމެއް ކަމަށެވެ.

މިނިސްޓަރ ވަނީ މިރޭގެ ދަރުސްގައި ވީހައި ގިނަ ޢާންމު ރައްޔިތުން ބައިވެރިވެދިނުމަށާއި އަދި ސަރުކާރުގެ މުވައްޒިފުން ވެސް ބައިވެރިވެދިނުމަށް އެދިވަޑައިގެންފައެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުއެވެ.

--އިތުރު ތަފްޞީލް އަންނަނީ

މިއަދު އޮންލައިން