ލޮލުގެ ނޫރު ކަމުގައިވާ ދަރިން، ބަލިބަލިން ރައްކާތެރި ކުރައްވާ! ދަރިންނަކީ އަމާނާތެއް: ޝައިޚް އަލީ ޒައިދް

ކިޔުމަށް ހޭދަވާނީ 48ސ
ލޮލުގެ ނޫރު ކަމުގައިވާ ދަރިން، ބަލިބަލިން ރައްކާތެރި ކުރައްވާ! ދަރިންނަކީ އަމާނާތެއް: ޝައިޚް އަލީ ޒައިދް

ހިމަބިހިން ރައްކާތެރިވުމަށް ދޭންޖެހޭ ވެކްސިން ދޭން ސަމާލުވުމަށް މައްޝޫރު ދީނީ ޢިލްމުވެރިވެރިޔާ ޝައިޚް އަލީ ޒައިދް ނަސޭޙަތްތެރިވެއްޖެއެވެ.

ޝައިޚް ޒައިދް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިތުބަރު ހިލޭ އެތައް ޑޮކްޓަރުންނެއް ވެކްސިން ޖެހުމުގެ ފައިދާ އާއި އެކަމުގެ މުހިންމުކަން ކިޔައިދީފައިވާ ކަމަށެވެ.

"ވީއިރު، ލޮލުގެ ނޫރު ކަމުގައިވާ ދަރިން ބަލިބަލިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރައްވާ! ދަރިންނަކީ އަމާނާތެއް! ދީނީ، ދުނިޔެވީ އެންމެހާ ހެޔޮކަމެއް ކުދިންނަށް ދޭން ޖެހޭނެ!"

ޝައިޚް ޒައިދް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ހިމަބިހި ޖެހިގެން މިހާތަނަށް ހަތަރު މީހަކު ރިޕޯޓު ކޮށްފައިވެއެވެ. 

 

މިއަދު އޮންލައިން