ޑޮކްޓަރަކާއެކު 3 މީހުންނަށް ހިމަބިހި ޖެހުމުން ހިމަބިހި ނެތް ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ ބައްޔަށް ފަރުވާ ދޭ ޤައުމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ޑޮކްޓަރަކާއެކު 3 މީހުންނަށް ހިމަބިހި ޖެހުމުން ހިމަބިހި ނެތް ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ ބައްޔަށް ފަރުވާ ދޭ ޤައުމަކަށް!

ހުޅުމާލޭ ހޮސްޕިޓަލްގައި ޚިދުމަތް ކުރާ ޑޮކްޓަރަކާއިއެކު 3 މީހުންނަށް ހިމަބިހި ޖެހުމުން ހިމަ ބިހި ނެތް ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ ބައްޔަށް ފަރުވާ ދޭ ޤައުމަކަށް ވެއްޖެއެވެ. 

މިކަން އިއުލާނުކުރައްވަމުން މިނިސްޓަރ އަމީން މިއަދު ވިދާޅުވެފައިވަނީ ރާއްޖޭގައި ދަނީ ހިމަބިހި ފެތުރެމުން ކަމަށާއި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. 

މިވަގުތާއި ހަމައަށް ބަލައިފިނަމަ 3 އަހަރުގެ ކުއްޖަކަށާއި 17 އަހަރުގެ ކުއްޖަކަށާއި އަދި ހުޅުމާލޭ ހޮސްޕިޓަލްގައި ޚިދުމަތްކުރާ ޑޮކްޓަރަކަށެވެ. ފުރަތަމަ ޕޮޒިޓިވްވެފައިވަނީ 3 އަހަރުގެ ކުއްޖާއެވެ. އެއީ މިމަހުގެ 8 ވަނަ ދުވަހުއެވެ.  

ހިމަބިއްސަށް ރާއްޖޭގައި ވެކްސިން ދޭން ފެށީ 1983 ގައެވެ.

 

 

 

 

މިއަދު އޮންލައިން