އެމީހުންގެ ދަބަހުގައި ބޮމެއް އެބައޮތް ކަމަށް ބުނެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ދިއަ 2 ފަތުރުވެރިން މިއަދު ހެދީ ދޮގެއް ކަމަށާއި ދަބަސް ޗެކްކޮށް ބަޔާން ނެގުމަށްފަހު 2 ފަތުރުވެރިންވެސް ވަނީ ފުރުވާލާފައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެއާޕޯޓުގައި އެވަގުތު ހުރި މީހަކު ބުނީ އެމީހުން ރުޅިގަދަވެ ދޮގުހެދީ މަސްތުގެ ޙާލަތުގައި ތިބުމުން ކަމަށެވެ. އަދި "މަސްތުގެ ޙާލަތުގައި ތިބެ ނަމަވެސް ބޮމެއް އޮތްކަމަށް ބުނެފިނަމަ އެވިއޭޝަން ޤަވާއިދުގެދަށުން ޗެކްކުރާނެ. ބަޔާންވެސް ނަގާނެ." ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައެއް ޤައުމުތަކުގައި ޤައުމީ ސަލާމަތާއި ގުޅޭ މިފަދަ ކަންކަމުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ދިނުމުން ފިޔވަޅުވެސް އަޅައެވެ.