ރައީސް ޞާލިޙްގެ ތަޢްރީފް ބެލެނިވެރިންނަށާ އުނގަންނައިދޭ މީހުންނަށް: އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ބައަކީ ތިއައީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރައީސް ޞާލިޙްގެ ތަޢްރީފް ބެލެނިވެރިންނަށާ އުނގަންނައިދޭ މީހުންނަށް: އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ބައަކީ ތިއައީ!

ކިޔަވައިދިނުމުގައި، ޢަމަލީގޮތުން އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާ ބައަކީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ވެރިން، އަދި ހީވާގި މުދައްރިސުންނާއި، މައިންބަފައިންނާއި ބެލެނިވެރިންކަމަށް ވިދާޅުވެ އެ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢްރީފްކުރައްވައިފިއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވީ ޢިއްޒުއްދީން ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް މިއަދު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ހުރިހާ ބޭފުޅުންނަށް   ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

"ދިރާސީ އައު އަހަރު ފެށުނު މި އުފާވެރި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ހުރިހާ ދަރިވަރުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔައި ހެޔޮއެދުންތައް ފޮނުވަން. އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، އެކަމަނާއާ އެކުގައި މަސައްކަތް ކުރައްވާ ޓީމުގެ އެންމެހައި މެމްބަރުންނަށްވެސް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން." 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިފަދަ އުފާވެރި ދުވަހެއްގައި، ރާއްޖޭގެ ތަޢުލީމީ ދުނިޔެއަށް، މުޅިން އައު ސްކޫލެއް ނޭވާލާން ފެށުމަކީ، ވަރަށް ހެޔޮ ފާލެއް ކަމަށާއި މިއަދު މި ހުޅުވި ޢިއްޒުއްދީން ސްކޫލަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޢިއްޒަތާއި ޤަދަރު، އެތައް ދަރަޖައަކަށް އުފުލިގެންދާނެ ސްކޫލަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

މިއަދު އޮންލައިން