މިއަދުގެ ޚުޠުބާ: ރާއްޖެ ވެސް ހަލާކުގެ ތެރެއަށް ވެއްޓިގެން މިދަނީ ހަމަ މި ނަބަވީ އިރުޝާދުގައި ނުހިފަހައްޓައިގެންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މިއަދުގެ ޚުޠުބާ: ރާއްޖެ ވެސް ހަލާކުގެ ތެރެއަށް ވެއްޓިގެން މިދަނީ ހަމަ މި ނަބަވީ އިރުޝާދުގައި ނުހިފަހައްޓައިގެންނެވެ!

މިއަދުގެ ޚުޠުބާގައިވެއެވެ. 

"އަދި އެބައިމީހުންގެ މައްޗަށް އިސްވެ ތިބި މީހުން ﷲ ގެ ފޮތާއި، އެ އިލާހް ބާވައިލެއްވެވި ޙުކުމްތަކާއި އެއްގޮތަށް ޙުކުމް ނުކޮށް ހިތުހުރިހައި ގޮތަކަށް ޙުކުމްކުރަން ފަށައިފިނަމަ، ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެބައިމީހުންގެ މެދަށް ވެރިކުރައްވަވައި، އެބައިމީހުންގެ ތެރޭގައި ތަލާފޮޅުމާއި ނާމާންކަން ޢާންމުކުރައްވަވައިފާނެއެވެ."

މީސްތަކުންނަށް އަމާންކަމާއި ހިތްހަމަޖެހުން އަދި އަދުލާއި އިންބާފު ނުލިބިގެން މިއުޅޭ ސަބަބުތައް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ވަރަށް ސާފުކޮށް ބަޔާން ކުރައްވަވައިފައެވެ. މަތީގައި ފާހަގަކޮށްފައި އެވަނީ އެއިގެ ތެރެއިން އެއް ކަންތަކެވެ. 

 ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުތަކަށް ބަލައިފިނަމަ މީގެ 12 ވަރަކަށް އަހަރު ކުރިއާއި ހަމައަށް ޢަމަލުކުރަމުން އައި އިސްލާމް ދީނުގެ ޙުކުމްތަކަށް ޢަމަލުކުރުންވެސް މިހާރު ވަނީ ހުއްތާލައިފައެވެ. މާތް ﷲ ގެ އެންގެވުންތައް ބޮލާލައި ޖަހައި އަމިއްލަ ޙުކުމްތައް ކުރިއަށް ނެރެފައެވެ. އެކަންކަމުގެ ހިތި ނަތީޖާ ދަނީ މުޖުތަމައުން ފެންނަމުންނެވެ.

މިއަދު އޮންލައިން