ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން 2020 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި މުޅިން އަލަށް ޑިޕްލޮމާ އިން އެކައުންޓިންގ އެންޑް ފައިނޭންސް އަދި ބެޗްލާރސް އޮފް އެކައުންޓިންގ އެންޑް ފައިނޭންސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސް ފަރުމާ ކުރެވިފައިވަނީ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، ދާއިރާއަށް ބޭނުންވާ ތަފާތު މަޢުލޫމާތާއި ހުނަރާއި، ޤާބިލިއްޔަތުތައް ތަރައްގީ ކުރެވޭނެ ފަދަގޮތަކަށެވެ. އަދި މިކޯސް ފަރުމާ ކުރެވިފައިވަނީ، ދާއިރާއަށް އަންނަމުންދާ ހަލުވި ބަދަލުތަކަށް ދަރިވަރުން އަހުލުވެރިކުރެވޭނެ ފަދަ ގޮތަށެވެ. މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ތިރީގައިމިވާ ދާއިރާ ތަކުން މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. ދާއިރާ ތަކުގެ ތެރޭގައި ފައިނޭންޝިއަލް އެކައުންޓެންޓް، މެނޭޖްމަންޓް އެކައުންޓެންޓް، އޮޑިޓިންގ، ޓެކްސޭޝަން، ފައިނޭންސް މެނޭޖަރ، އަމިއްލަ ވިޔަފާރިތައް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ޕްރޮގްރާމްގެ ތެރޭގައި ޕްރޮގްރާމް އާއި ގުޅުންހުރި ދާއިރާތަކުގައި އިތުރު ތަމްރީން ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިދާއިރާ ތަކުގެ ތެރޭގައި;
1. އިންޓަރންޝިޕް
2. ރިސަރޗް ޕްރޮޖެކްޓް
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާނީ މާލެ ސިޓީ، ހދ. ހަނިމާދޫ، ލ. ފޮނަދޫ އަދި ފުވައްމުލަކު ސިޓީ ގައެވެ.