އިރުޝާދިއްޔާ ސްކޫލް 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.
އެފަރާތުން ހުށަހަޅުއްވާފައިވަނީ 8,170,764.41 (އަށް މިލިއަން އެއްލައްކަ ހަތްދިހަ ހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ސާޅީސް އެއް ލާރި) އަށް މި ޢިމާރާތުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
އެހެންކަމުން އުއްމީދުކުރަނީ 2020 ވަނަ އަހަރު ނޮވެމްބަރ މަހު މި މަސައްކަތް މުޅިން ނިމި، ހަވާލު ކުރެވޭނެ ކަމަށް ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.