މާފުށީގެ ސަރަހައްދުގަ ބަނދަރުކޮށް ރާ ވިއްކާ ސަފާރީތައް ނަގަން އެންގުމުން ޢާދިލް ސަލީމް މަރުޙަބާ ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މާފުށީގެ ސަރަހައްދުގަ ބަނދަރުކޮށް ރާ ވިއްކާ ސަފާރީތައް ނަގަން އެންގުމުން ޢާދިލް ސަލީމް މަރުޙަބާ ވިދާޅުވެއްޖެ

މާފުށި ކައިރީގައި އަޅައިގެން ތިބެ ރާ ވިއްކާ ސަފާރީތައް އެ ސަރަހައްދުން ނަގަން އެ ރަށު ކައުންސިލުން އަމުރުކުރުމުން މާފުށީގައި ގެސްޓް ހައުސް ވިޔަފާރި ކުރައްވަމުން ގެންދަވާ,  އެމްޑީޕީ ކުރީގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި ޢާދިލް ސަލީމް އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. 

ޢާދިލް ސަލީމް މިއަދު ވިދާޅުވީ މާފުށީގައި ފަތުރުވެރިކަން ކުރިއަރުވަން ގެސްޓުންނަށް ބަނގުރާ ވިއްކުމަކީ މުހިންމުކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި ބަނގުރަލާއި ނުލައި ގެސްޓް ހައުސް ވިޔަފާރި އެރަށުގައި ވަނީ ކާމިޔާބުކޮށް ނަމޫނާ ދައްކާފައި ކަމަށެވެ. 

"ރާ ވިއްކަން އަޅައިގެން ތިބި އުޅަނދަކަށް ރެއަކު މިލިބެނީ 1500 ވަރަކަށް ޑޮލަރު، ނަމަވެސް ރަށުގެ ކޮފީ ޝޮޕްތަކަށް ރެއަކު 20000، 25000 ޑޮލަރު އެބަ ލިބޭ. މިކަމުންވެސް އެބަ އެނގޭ ފަތުރުވެރިން ބޭނުންވާ ގޮތާ ބޭނުންވާ ކަންކަން." ޢާދިލް ވިދާޅުވިއެވެ. 

ޢާދިލް ވިދާޅުވީ ކައުިންސިލުގެ ނިންމުމަކީ ވަރަށް ފުރިހަަމ ނިންމުމެއް ކަމަށެވެ. އަދި އެއީ އެރަށުގެ ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށެވެ. "މިފެންނަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުގެ ފައިދާ" ކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.

މިއަދު އޮންލައިން