ސާދަ ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާކަމުގެ ޔަޤީންކަން މުފްތީ މެންކް ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސާދަ ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާކަމުގެ ޔަޤީންކަން މުފްތީ މެންކް ދެއްވައިފި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް މިމަހުގެ 14 ވަނަ ދުވަހު ޜާއްޖެވަޑައިގަންނަވާނެ ކަމާއި މި ދަތުރުފުޅުގައި ރާއްޖޭގެ 3 ސިޓީގައި ދަރުސް ދެއްވާނެ ކަމުގެ ޔަޤީންކަން މުފްތީ މެންކް ދެއްވައިފިއެވެ. 

އެގޮތުން މުފްތީ މެންކް އިއްޔެ ވަނީ އިސްލާމިކް މިނިސްޓްރީން މުފްތީ މެންކުގެ ދަތުރުފުޅާއި ގުޅޭ  ގޮތުން ކުރި ޓްވީޓް ރީ ޓްވީޓް ކުރައްވައިފައެވެ. 

އިސްލާމިކް މިނިސްޓްރީގެ ޓްވީޓުގައިވާ ގޮތުން މިމަހުގެ 14 ވަނަ ދުވަހު މެފްތީ މެންކް ރާއްޖެވަޑައިގެން އެދުވަހުގެ ރޭ މާލޭގައި ދަރުސް އެއް ދެއްވާނެއެވެ. 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުސެއް ދެއްވާނެއެވެ. 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ދަރުސެއް ދެއްވާނެއެވެ. 

މީގެ އިތުރުން 17 ވަނަ ދުވަހު މަސްޖިޖިދު މުޙައްމަދު ތަކުރުފާނުލްއައްޒަމް (އިސްލާމީ މަރުކަޒް) ގައި އިމާމްވެ ހުކުރު ކުރައްވާނީވެސް މުފްތީ މެންކް އެވެ.

 

މިއަދު އޮންލައިން