ރާއްޖެއިން ބޭރުގަ އުޅޭއިރު އަބަދުވެސް ޕާސްޕޯޓް ހިފައިގެން އުޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރާއްޖެއިން ބޭރުގަ އުޅޭއިރު އަބަދުވެސް ޕާސްޕޯޓް ހިފައިގެން އުޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި!

ރާއްޖެއިން ބޭރުގަ އުޅޭއިރު އަބަދުވެސް ޕާސްޕޯޓް ހިފައިގެން އުޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.  

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ވިސާ ޖެއްސުން ފަދަ ބޭނުމަކި އިމިގްރޭޝަނުގައި ޕާސްޕޯޓު ބާއްވާފައި އޮތް ނަމަ އެތަނުން ދޭ ރަސީދު އަބަދުވެސް އަތުގައި ބާއްވަން ވާނެ ކަމަށެވެ.  

މީގެ އިތުރުން ބޭރު ޤައުމެއްގައި އުޅޭނަމަ ވިސާގެ މުއްދަތު ހަަމވުމުގެކުރިން ވިސާ އައުކުރުމަށާއި އެ ޤައުމެއްގެ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަންވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.  

ރާއްޖެ ފިޔަވައި އެހެން ޤައުމުތަކުގައި ވިސާނެތި އުޅޭ ނަމަ ފިޔަވަޅު އަޅައެވެ. އަދި މަސައްކަތްކުރާނަމަ ކުށްވެރިކުރެއެވެ. އިންޑިއާ، މެލޭސިޔާ، ސްރީލަންކާ ފަދަ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދަނީ މިފަދަ މައްސަލަތައް ކުރިމަތިވަމުންނެވެ. ބަންގްލަދޭޝް، ނޭޕާލް ފަދަ ޤައުމުތަކަކީ ޢާންމުކޮށް ދިވެހިން ދިރިއުޅޭ ޤައުމުތަކެއް ނޫނެވެ.  

ބިން ކުޑަވެފައި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ރާއްޖެއަކީ މި ފަދަ މައްސަލަތަކަށް އެންމެ ބޮޑަށް އިސްކަން ދީގެން ފިޔަވަޅު އަޅަން ޖެހޭނެ ޤައުމު ނަމަވެސް ދިވެހި ދައުލަތް ވަނީ މިކަމުގައި ވަރަށް ބޮޑަށް ފޭލްވެފައިކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

މިއަދު އޮންލައިން