"ވަކި މީހަކު ހާފިޡުން ނުގެންނަން ގޮވާލައި ފައިސާ ބޭކާރުވަނީއޭ ބުނާއިރަށް، ތިއަ ފެށީ ޙާފިޡުންނަށް ޖެއްސުންކުރާށެވެ! ސުވާލަކީ މިހައިތަނަށް ކިތައް ހާފިޡުންތޯއޭ ރާއްޖޭގެ ޤާނޫނުތައް މުގުރައިލީ؟ ކިތައް ޙާފިޡުންތޯއޭ މީހުން ދިރިއުޅޭ ރަށްރަށުގެ ބީޗްތަކުގައި ބަރަހަނާކޮށް އުޅުނީ؟"
މިއީ ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ. ޓްވީޓުގައި ޝައިޚް ޢަލީ ޒައިދު ފާހަގަކުރައްވާފައިވާ ފުރަތަމަ މައްސަލައަކީ ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި އިމާމްވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ގެނައުމަކީ އިސްރާފެއް ކަމަށް އެލެކްސް ބުނެފައިވަނިކޮށް ކޮމިޓީއެއް އުފައްދައި ގެންނަ ހާފިޡުންގެ ކަންކަން ބަލަންފަށާފައިވާ ކަމެވެ.
އިތުރަށް ޝައިޚް ޢަލީ ޒައިދު ފާހަގަކުރައްވާފައިއެވަނީ ރަމަޟާން މަހަށް ޙާފިޡުން ގެންނަތާ އެތައް އަހަރެއް ފާއިތުވެފައިވާއިރުވެސް އެއްވެސް ޙާފިޡެއްގެ ކިބައިން ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ފެނިފައި ނުވާކަމެވެ. ނަމަވެސް ދޮން މީހުން ރަށްރަށަށް ގޮސް ބީޗްތަކުގައި ބަރަހަނާކޮށް އުޅެމުން އެގެންދަނީ ރާއްޖޭގެ ޤާނޫނު އަސސީ އާއި ޚިލާފަށް ނަމަވެސް އެ ކަންކަން ބަލާ އެއްވެސް ކޮމިޓީއެއްވެސް އެއްވެސް އިދާރާއެއްވެސް ނެތް ކަމެވެ!
ޝައިޚް ޢަލީ ޒައިދު ފާހަގަކުރައްވާފައި އެވަނީ މިހާރު ރާއްޖެއިން ފެންނަމުން މިދަނީ ދޮން މީހުންނަށް ހުރިހާ ކަމެއް ފްރީވެފަ، އެމީހުންގެ މައްޗަށް އެއްވެސް ޤާނޫނެއް ނުހިނގާ ކަމާއި ހިންގާނެ ފަރާތެއްވެސް ނެތް ކަމާއި ނަމަވެސް ކީރިތި ޤުރްއާން ހިތުދަސް، ޙާފިޡުން ގެނެސް ރަމަޟާން މަހު ދަމުނަމާދާއި ތަރާވީޙް ނަމާދުގައި ޚަތިމް ކުރެވޭނެ ގޮތަށް ނަމާދުކުރުމުގައި ދަތިތައް އެބަހުރި ކަމެވެ.