ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލް އިން އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލް އިން އެދިއްޖެ!

ފުރުމުގެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންއެދިއްޖެއެވެ.

އެމްއޭސީއެލް އިން މިހެން ބުނެފައިވަނީ މި ދުވަސްވަރަކީ ވީއައިއޭ ގެ ޑިޕާޗާ އަށް ބާރުބޮޑު ދުވަސް ވަރަކަށްވާތީ ކަމަށާއި ވީއައިއޭ އިން ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަ އަކަށް، ފަސިންޖަރުން ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާކަމަށެވެ.

މިދުވަސްވަރު ވީއައިއޭ އަށް ބާރު ބޮޑުވެފައިވަނީ ޔޫރަޕަށް ފިނި މޫސުން އައުމާއެކު ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަމުންދާތީއެވެ.

މިއަދު އޮންލައިން