ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ އަހަރެމެން ޙާޞިލުކުރާ ނަތީޖާއަކަށް ނޫނެވެ. ނަތީޖާ ޙާޞިލުކުރަން ކުރި މަސައްކަތަށެވެ. އެ މަސައްކަތް ކުރުމުގައި ﷲ ތަޢާލާއަށް ތެދުވެރިވެ އިޚްލާޞްތެރިވީ މިންވަރަކަށެވެ.
ޙާޞިލުކުރަން ބޭނުންވި ނަތީޖާ ޙާޞިލު ނުކުރެވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަށް ކުރި މަސައްކަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަން އޮތްނަމަ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ!
އަހަރެމެން ކުރާ މަސައްކަތުން ކިތަންމެ ބޮޑު ކާމިޔާބީއެއް ޙާޞިލުކުރެވުނު ނަމަވެސް އަހަރެމެންގެ ނިޔަތް ރަނގަޅު ނޫންނަމަ، އިޚްލާޞްތެރިކަމާއި ތެދުވެރިކަން ނެތް ނަމަ އެކަމަކުން ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ އެއްވެސް ދަރުމައެއް ނެތެވެ!
- މުފްތީ މެންކްގެ ދަރުސަކުން
(ޙާޞިލުކުރެވޭ ނަތީޖާއަށް މާކްސް ނުލިބެނީ ނަޞްރާއި ކާމިޔާބަކީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމަކަށްވާތީއެވެ. ކުރާ މަސައްކަތުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމަށް މާކްސް ލިބެނީ އެއީ އިންސާނާއަށް ދެއްވަވާފައިވާ އިޚްތިޔާރުގެދަށުން އެމީހާ ކުރާ އަމަލަކަށްވާތީއެވެ.)