އިސްލާމިކް މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރު މަގާމުތައް އުފައްދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
އިސްލާމިކް މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރު މަގާމުތައް އުފައްދައިފި

އިސްލާމިކް މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް އޮނިގަނޑަށް ބަދަލު ގެނެސް އިތުރު މަގާމުތައް އުފައްދައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ސަރުކާރުން އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން އަލަށް ތައާރަފު ކޮށްފައިވަނީ ސިވިލް ސާވިސް މަގާމުތަކެއް ކަމަށެވެ. މީގެ ތެރޭގައި މިނިސްޓްރީގެ ސެކްޝަންތަކަށާއި ޔުނިޓްތަކަށް އަލަށް 23 މަގާމެއް އިތުރުކޮށްފައިވާ ކަމަށެވެ. 

އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން މޮސްކް މެނޭޖްމަންޓް ސެކްޝަނާއި ފައިނޭންސް ސެކްޝަނާއި ޒަކާތު ސެކްޝަނާއި މިނިސްޓްރީގެ އެކި ޔުނިޓްތަކުގެ ޑިރެކްޓަރުންގެ މަގާމަށާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ މަގާމަށް މީހުން ހޯދުމަށް އިއުލާން ކޮށްފައިވެއެވެ. 

 

 

މިއަދު އޮންލައިން