ބައަކު އާ އަހަރު ފާހަގަކުރި ނަމަވެސް ފަތިހާ މެންދުރުވެސް މިސްކިތްތަކުން ލިބުނީ އުފާވެރިކަން! މާޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބައަކު އާ އަހަރު ފާހަގަކުރި ނަމަވެސް ފަތިހާ މެންދުރުވެސް މިސްކިތްތަކުން ލިބުނީ އުފާވެރިކަން! މާޝާ ﷲ!

ރޭގެ ފަތިސް ނަމާދަށް ބަލައިފިނަމަ އިސްކަންދަރު މިސްކިތުގެ ޖަމާޢަތަށް އެރި މީހުންގެ ޢަދަދު ގިނަކަން ފާހަގަކުރެވުނެވެ. ނަމާދަށްފަހު ޛިކުރުކޮށް ކިޔަވަން ތިބި މީހުންގެ އަދަދުވެސް ގިނައެވެ. ބައެއް ޒުވާން ބައްޕައިން ތިބީ އެމީހުންގެ ކުދި ދަރިންވެސް ގޮވައިގެންނެވެ. 

މާފަންނު ބޮޑުގޭ ވަގުތީ މިސްކިތުގައި މިއަދު ކުރި މެންދުރުނަމާދުގެ ޖަމާޢަތުންވެސް ފެނިގެން ދިއައީ ހަމަ މިފަދަ އުފާވެރިކަމެކެވެ. މިއަދަކީ ބަންދު ދުވަހަކަށްވުމުން ޢާންމުކޮށް އެ މިސްކިތަށް މެންދުރު ނަމާދަށް އަރާ އޮފީސްތަކުގެ މުވައްޒިފުން މިއަދު ނަމާދަށް އެމިސްކިތަށް ނޭރި ނަމަވެސް މިއަދުގެ ޖަމާޢަތް އިއްޔެގެ ޖަމާޢަތަށްވުރެ ބޮޑެވެ. އަދި ނަމާދަށްފަހު މިސްކިތުގައި މަޑުކުރި މީހުންގެ ޢަދަދުވެސް ގިނައެވެ. 

ވީމާ އެނގިގެން މިދިއައީ ބައަކު އައު އަހަރު ފާހަގަކޮށް، ކަންތައް ތަކެއް ކުރި ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމުން ހަމަ އެގޮތުގައި އެބަތިބި ކަމެވެ. މާލެ އާއި ރާއްޖެތެރޭގެ ބައެއް ރަށްރަށުން ބައަކު ހައްޔަރުކުރަން ފުލުހުންނަށް ޖެހުނު ނަމަވެސް އެއީ މަދު ބައެއް ކަމެވެ. 

ފުލުހުންނަށް ޚާއްޞަ ޝުކުރެއް އަދާކުރަން ޖެހެއެވެ. އެއީ އެކަން ކުރާ މީހުން ހައްޔަރުކުރާތީ ދައުލަތުގެ 3 ބާރުން ކުރެ އެއް ބާރުން އެވަރަށް ކޯފާއިސްކުރައްވަމުން ގެންދަވާއިރުވެސް، ފުލުހުން އެމީހުންގެ ދީނީ، ޤާނޫނީ ވާޖިބު އަދާކުރިކަމަށްޓަކައެވެ. 

ކޯޓުން އެ އެންމެން މިނިވަންކުރި ނަމަވެސް ﷲ ތަޢާލާ ވާޖިބު ކުރެއްވެވި ޙައްދު ނުޖެހި ނަމަވެސް، ބައިރުފިޔާއަކުން ޖުރުމަނާ ކޮށްފައި މިނިވަންކުރި ނަމަވެސް ފުލުހުން އެވަނީ ފުލުހުންގެ ވާޖިބު އަދާކޮށްފައެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ! ދިވެހި ފުލުހުން!

 

މިއަދު އޮންލައިން