މުސްލިމުން ރޯ ރުއިމުގެ އަޑުއިވުނަސް ބީރު، ހިތެއް އޮތަސް އަސަރެއް ނުކުރާ ވެރިން ޤިޔާމަތް ދުވަހު ދަންނަވާނީ ކީކޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މުސްލިމުން ރޯ ރުއިމުގެ އަޑުއިވުނަސް ބީރު، ހިތެއް އޮތަސް އަސަރެއް ނުކުރާ ވެރިން ޤިޔާމަތް ދުވަހު ދަންނަވާނީ ކީކޭތަ؟

އަނިޔާލިބެމުންދާނަމަ މުސްލިމުންނަށް އޮތީ ހިޖުރަކުރުމެވެ. 

ފިރުއަޢުނުގެ އަނިޔާވެރިކަމުން ސަލާމަތްކަން ހޯއްދެވުމަށްޓަކައި މޫސާގެފާނަށް ތަބަޢަވީ މީހުންނާއިއެކު ޤައުމުން ބޭރުވެވަޑައިގަތުމަށް ﷲ ތަޢާލާ އެންގެވިއެވެ.  

މައްކާއިން ބޭރުވެ ހިޖުރަ ކުރުމަށް މުސްލިމުންނަށް ﷲ ތަޢާލާ އެންގެވިއެވެ. 

އަނިޔާވެރިންގެ ޑިޓެންޝަން ކޭމްޕުތަކުގައި ތިބެ މަރުވެ ދިއުމަށްވުރެ އެކަމުން ސަލާމަތްވުމަށާއި އެހެން މުސްލިމުން އެ ޙާލަތުން ސަލާމަތްކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމުގެ މުހިންމުކަން މާބޮޑެވެ! 

ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާލިބެމުންދާ އެތައް މިލިއަން މުސްލިމުންނަށްޓަކައި ހެޔޮދުޢާކުރާށެވެ! 

ހިތާމައަކީ ގަދަބާރުން މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރަމުން ގެންދާއިރުވެސް މުސްލިމުންގެ ލީޑަރުންގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަމެވެ! ސުވާލަކީ މުސްލިމުންގެ ވެރިންގެ ގޮތުގައި މިއަދު ދެލޮލަށް ފެންނަ އެހެނަސް ދެލޯކަނު، ކަންފަތަށް އަޑު އިވުނު ނަމަވެސް ބީރު، ހިތެއް އޮތް ނަމަވެސް އަސަރެއް ނުކުރާ ވެރިން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭހެއްޔެވެ؟

މުސްލިމުންނަށް އިންތިހާއަށް އަނިޔާވެރިވަމުން ގެންދާ ޤައުމުތަކާއި ދެކޮޅަށް ހަނގުރާމައެއް ކުރަން ނުކެރޭތަނުގައި އެންމެ ކުޑަމިނުން ވިޔަފާރީގެ ގުޅުން ކަނޑައިލަންވެސް އެތިބީ ނުކެރިފައެވެ. ނުކުޅެދިފައެވެ! ވެރިކަމުގެ ހައިބަތަށް ދަހިވެވެތިވެ އަމިއްލަ އެދުންތަކުން ފުރިގެން ތިބުމުންނެވެ!

މިއަދު އޮންލައިން